ޖުމްހޫރީ މައިދާނާ މީހުން ޖަމާވާން ފަށައިފި

ޖުމްހޫރީ މައިދާނަށް މީހުން ޖަމާވާން ފަށައިފިއެވެ. އެ ތަނަށް ޖަމާވަމުންދާ މީހުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިންރާހީމް މުހައްމަދު ސާލިހު (އިބޫ) އާއި އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

އެސަރަހައްދަށް އެއްވަމުންދާ މީހުން ފަހަތަށް ޖެއްސުމަށް ފުލުހުން މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެތަނަށް އަންނަ މީހުންގެ އަދަދު މިހާރު މަޑުމަޑުން އިތުރުވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. "އެތަނަށް އަނަން މީހުންގެ އަދަދުދަނީ އިތުރުވަމުން. އެސަރަހައްދުގައި އެއްވެސް ކުރިމަތިލުމެއް އަދި ނުހިނގާ. ފުލުހުންވެސް ޕެޕަރ ސްޕްރޭ ޖެހުންފަދަ ކަމެއްނުކުރޭ،" އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުމްހޫރީ މައިދާނަށް އެއްވި މީހުން މިހާރު މަސައްކަތް ކުރަމުންދަނީ އެމްއެމްއޭ ކައިރިއަށް ދިޔުމަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެމީހުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދަނީ މޫނު ނިވައިކޮށްގެން ތިބި އެސްއޯ ފުލުހުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް މީދުން ދުރަށް ޖެއްސުމަށް މާބޮޑު މަސައްކަތެއް ނުކުރާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެސަރަހައްދަށް މިހާރުވަނީ ޕެޕަރސްޕްރޭވެސް ޖަހައިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެސަރަހައްދުގައި ތިބި ފުލުހުން މިހާރުވަނީ ސަރަހައްދު ދޫކޮށް ގޮސްފައެވެ. މީހުން މަސައްކަތް ކުރަމުންދަނީ އެގެންދިމަ ދިމާއަށް ދިޔުމަށް ކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ. އެސަރަހައްދުން އެއްވެސް މީހަކު އަދި ބަންދުކޮށްފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.