ވަގުކަލޭގެއަށް ކޮށްލިވަރު
މަރިޔަމް: ސަމީރާއެވެ. ކަލޭ ތިޔައީ ވަރަށް ހިތްވަރުގަދަ މީހެކެވެ. އަހަރެން މި ހުންނަނީ ހަމަ ހައިރާންވެފައެވެ. ރޭ ތިޔަ ގެއަށް ވަން ވަގުކަލޭގެއަށް ކޮށްލިވަރު ރަނގަޅެވެ. އެކަލޭގެއަށް ތިޔަ ދިނީ ފައްކާ ފިލާވަޅެކެވެ.
ސަމީރާ: ކުރާނީ ކީއްހެއްޔެވެ؟ އަހަރެން ހީކުރީ އަނެއްކާވެސް ފިރިމީހާ ލަހުން ގެއަށް އައީ ކަމުގައެވެ.
ހިތްވަރުގަދަކަން
މާހިރު: ކަލެއަކީ މާ ހިތްވަރުގަދަ މީހެކޭ ކިޔާތީ އިވެއެވެ. އެއީ ކަލޭ ކޮން ކަމެއް ކޮށްގެން ހެއްޔެވެ؟
ޢުމަރު: މާ ބޮޑު ކަމެއް ނޫނެވެ. އެއް ދުވަހަކު އަހަރެންގެ ކުރިމައްޗަށް ބޮޑު މިނިކާވަގެއް ނުކުތީއެވެ.
މާހިރު: ނާހަމަ ރަނގަޅަށް ހެއްޔެވެ؟ ދެން މިނިކާވަގު ހެދީ ކިހިނެއް ހެއްޔެވެ؟
ޢުމަރު: އަހަރެން ފެނުނީމާ ފާޑަކަށް އަނގަހުޅުވައިގެން ހަޅޭއްލަން ފެށްޓީއެވެ.
މާހިރު: ދެން ކަލޭ ހެދީ ކިހިނެއް ހެއްޔެވެ؟
ޢުމަރު: އަހަރެންވެސް އަނގަ ހުޅުވައިގެން ހަމަ އެގޮތަށް ވައްތަރު ޖައްސަން ފެށްޓީއެވެ.
މާހިރު: ދެންވީ ކިހިނެއް ހެއްޔެވެ؟
ޢުމަރު: ދެން އެ ސިރު ވަކިތައް ނެރެގެން އަހަރެންގެ މައްޗަށް ޖެހިގަންނާން ތައްޔާރު ވެއްޖެއެވެ.
މާހިރު: ދެން ކަލޭ ހެދީ ކިހިނެއް ހެއްޔެވެ؟
ޢުމަރު: ދެން އަހަރެން ޓީވީ ނިއްވާލީއެވެ.