ތިނެއްގެ ބަސް
ބަސްހުއްޓިއެއްގައި ހުރި މީހަކު އެހެން މީހަކު ކުރެން އަހައިލިއެވެ. "ތިނެއްޖަހާއިރުގެ ބަސް އަންނާނީ ކިހާއިރަކު ހެއްޔެވެ؟"
އެމީހާ ބުންޏެވެ. "ދޭއް ޖަހައި ފަސްދޮޅަސް މިނިޓުގައެވެ."
ސުވާލުކުރި މީހާ ނުރުހުންވެފައި ބުންޏެވެ. "ބަސް އަންނަ ގަޑި ބަދަލުވެއްޖެއެއް ނޫންހެއްޔެވެ. ބަދަލުވާނެކަން އަހަންނަށް ކުރިންވެސް އެނގެއެވެ."
އެއްހާސް ކިލޯގެ މަހެއް
ދެ މަސްވެރިޔަކު ވާހަކަދައްކަމުން ދަނީއެވެ. ފުރަތަމަ މަސްވެރިޔާ ބުންޏެވެ. "އަހަރެމެން އިހަށްރޭ އެއްހާސް ކިލޯގެ މަހެއް ބޭނީމެވެ.
ދެވަނަ މަސްވެރިޔާ ބުންޏެވެ. "އަހަރެން އިހަށްރޭ މަސްބާން ނަނު ދޫކޮށްގެން އުޅެނިކޮށް އެއްޗެއް ޖެހިއްޖެއެވެ. ދަމައި އެރުވި އިރު އެއީ ބަރާބަރަށް ދިއްލިފައި އޮތް އުށްބައްތިއެކެވެ."
ފުރަތަމަ މަސްވެރިޔާ ބުންޏެވެ. "ތިޔައީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ ފެނުގެ އަޑިން ނަގާއިރުވެސް އުށްބައްތި ދިއްލިފައި އޮތުމަކީ ވާނެ ކަމެއް ނޫނެވެ."
ދެވަނަ މަސްވެރިޔާ ބުންޏެވެ. "ކަލޭ ބޭނި މަހުގެ ބަރުދަން ލުއިކޮށްލާށެވެ. އޭރުން އަހަރެން އުށްބައްތި ނިއްވައިލަފާނަމެވެ."
ސްކޫލަށް ދިއުން
ބައްޕަ: ދަރިފުޅު ސްކޫލަށް ދާނަން ހެއްޔެވެ؟
ދަރިފުޅު: ދާނަމެވެ. އައިސް ގޮސް ވުމަކީ އަޅުގަނޑަކަށް މައްސަލައެއް ނޫނެވެ. އަޅުގަނޑަށް ބޮޑުވަނީ ސްކޫލުގައި އިރުކޮޅަކަށް ވިޔަސް މަޑުކޮށްގެން ހުރުމެވެ.