ކަރުގެ މައްސަލައެއް
އަވަށްޓެރިއަކު: ކަލޭ މިހާރު ލަވަފަރިތަ ނުކުރަނީ ކީއްވެގެން-؟
ލަވަކިޔާ މީހާ: އެއީ ކަރުގެ މައްސަލައެއް ޖެހިގެން-
އަވަށްޓެރިޔާ: ކަރުގެ މައްސަލައެކޭ? ކަރަށް ކިހިނެއްވީ އަނެއްކާ-؟
ލަވަކިޔާ މީހާ: އެވީގޮތަކީ ޖެހިގެންހުރި ގޭގެ މީހާ ބުނީ ދެން ލަވަކިޔާ އަޑު އިވިއްޖެއްޔާ ކަރުގައި ހިފާނަމޭ-
ވަކިއެއްޗެއްހި ގަތުމަށް ވަކިލާރިއެއްނެތް
ސާހިބުމީހާ: (ނޯކަރުއަތަށް ދެހަތަރުއަނާ ދީފައި) މިތަނުން އެއް ހަތަރުއަނާއަށް ފޯއް ގަނެގެން އަނެއް ހަތަރު އަނާއަށް ބިލެތް ގަނެގެން އަވަހަށް އާދޭ-
ނޯކަރު އިރުކޮޅަކުން ހުސްއަތާ އަތުވެއްޖެއެވެ.
ސާހިބުމީހާ: ކީއްވެ އެއްޗެއް ނުގަނެ ތިޔަ އައީ? ނެތީތަ-؟
ނޯކަރު: ނޫން ސާހިބާ- މިތަނުން ބިލެތް ގަންނަންވީ ކޮން ހަތަރު އަނާއަކަށްތޯ، އަދި ފޯއް ގަންނަންވީ ކޮން ހަތަރު އަނާއަކަށްތޯ އޮޅުންފިލުވާލަންވެގެން މިއައީ-
ޚަރަދު ކުޑަކުރުން
ފަސްލޭނު ބައްތީގެ ޒަމާނުގައި ގޭދޮށުގައި ހުރި މިސްކިތަކަށް ނަމާދަށް ދާން ނުކުމެފައި ފިރިމީހާ ވަރަށް އަވަހަށް އެނބުރި އަތުވެއްޖެއެވެ.
އަނބިމީހާ: ތިޔަހާ އަވަހަށް އެނބުރި ގެއަށް ތިޔައައީ ކީއްވެގެން? ވުޟޫ ގެއްލުނީތަ-؟
ފިރިމީހާ: ނޫނޭ ބައްތި ކަނިކޮށްނުލާ ދެވިގެން އެ ކަނިކޮށްލަންކަމަށް-
އަނބިމީހާ: ބައްތި އެހެރީ އަހަރެން ކަނިކޮށްފާ- އެކަމަކު ފައިވާނުގާ ތިޔަ ވަރަށް ދެކޮޅަށް ހިނގީމާ އެ ކިހާ ކަންފައްޗެއް ވާނެ-
ފިރިމީހާ: އެހެންވެގެންނު މިހެން ހަދައިގެން މިއައީ?- (ކިހިލިފަތް ދޮށަށް ލާފައިހުރި ފައިވާން ދައްކާލިއެވެ.)