ދަނޑުވެރިޔާ
ދަނޑުވެރިކަން ކިޔަވާ ދަރިވަރަކު ތޮއްޑޫ ދަނޑެއް ބަލައިލާން ހިނގައްޖެއެވެ. ދަނޑު ވަރަށް ރަނގަޅަށް ބަލައި މުޢާއިނާކޮށް ނިންމައިފައި ދަނޑުވެރިޔާ ގާތު ދަރިވަރު ބުންޏެވެ. "ކަލޭ ތިޔަ ދަނޑުވެރިކަން ކުރާ ގޮތަށް ބަލާއިރު މި ދަނޑުން ދިހަ ވަރަކަށް ކަރާ ކަނޑަން ލިބުނަސް އަހަރެން ވަރަށް ބޮޑަށް ހައިރާން ވާނެއެވެ."
ދަނޑުވެރިޔާ ބުންޏެވެ. "އަހަރެންވެސް ވަރަށް ބޮޑަށް ހައިރާން ވާނެއެވެ. މިއީ ކަރާ ދަނޑެއް ނޫނެވެ. ބަރަބޯ ދަނޑެކެވެ."
ކަސްޓަމަރު
މީހަކު ފިހާރައަކަށް ވަދެފައި ޝޯކޭސްތަކުގެ ކައިރިން ހިނގަން ފަށައިފިއެވެ. މި ގޮތަށް އެކި އެއްޗެހި ބަލަބަލައި ހުންނަތާ ވަރަށް ގިނަ އިރުވެއްޖެއެވެ. އެންމެ ފަހުން ސޭޓަށް އުނދަގޫވެގެން އަހައިފިއެވެ. "ތިޔަ ބައްލަވަނީ ކޯނޗެއް ހޯއްދަވަންތޯއެވެ؟"
އެމީހާ ބުންޏެވެ. "ރަނގަޅު ފުރުސަތެކެވެ."
ސަންދޯއް
ޑަކްޓަރަކު ހިންގާ ކުލިނިކެއްގެ ކައިރީގައި ސަންދޯއް ޖަހައިދޭ ފިހާރައެއް ހުއްޓެވެ. އެއް ދުވަހަކު މިތަނުގައި ސަންދޯއް ޖަހައިދޭ މީހާޔާ ބައްދަލުވެގެން ސަމާސާ ރާގަކަށް ޑަކްޓަރު ބުނެފިއެވެ. "ގިނަ މީހުން މަރުވޭތޯ ކަލޭ ދުޢާ ކުރާނެކަން ޔަގީނެވެ. ގިނަ ސަންދޯއް ޖަހަން ލިބޭނީ އޭރުން ނޫން ހެއްޔެވެ؟"
އެމީހާ ބުންޏެވެ. "ތިޔައީ އަޅުގަނޑު އެވަރަށް ވިސްނާ ކަމެއް ނޫނެވެ. ތިޔަ ކުލިނިކުން މީހަކު ފަރުވާ ހޯދައިފިއޭ ބުނާއިރަށް އަޅުގަނޑު ސަންދޯކެއް ޖަހަން ފަށްޓަމެވެ."