އަނިޔާވުން
އަޙްމަދު ހުރީ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ކުރިމަތީގައެވެ. އެހެން ހުއްޓާ އޭނާ ދަންނަ މީހަކު މޫނުމަތީގައި އަތް އަޅައިގެން އަންނާތީ ފެނިއްޖެއެވެ. އެ މީހާ އައިސް އަރައި ހަމަވީމާ އަޙްމަދު އަހައިލިއެވެ.
"އޭތް- މޫނުމަތީގައި އަތް އަޅައިގެން ތިޔަ އަންނަނީޔޯ-؟"
އެ މީހާ ބުނެލިއެވެ. "ނޭފަތް ފެޅުނީ-"
އަޙްމަދު އަހައިލިއެވެ. "އެއީ ކިހިނެއް-؟"
އެ މީހާ ދުރުގައި ހުރި ހޮޅި ދަނޑިއަކަށް އިޝާރާތް ކޮށްފައި އަހައިލިއެވެ. "އެހެރަ ހޮޅިދަނޑި ކަލެއަށް އެބަ ފެނޭތަ-؟"
އަޙްމަދު ބުންޏެވެ. "އާނ- އެބަފެނޭ-"
އެމީހާ ބުނެލިއެވެ. "އަހަންނަކަށް ނުފެނުނު-!"
އަނބިމީހާ ގެއްލިއްޖެ
ސުޕަމާކެޓެއްގެ ތެރޭގައި ފިރިހެނަކު ވަރަށް ރީތި އަންހެނެއްގެ ކައިރިއަށް ގޮސް ބުނެލިއެވެ. "އަހަރެންގެ އަނބިމީހާ މިތާ ތެރެއަށް ގެއްލިއްޖެ- އެހެންވީމާ ކުޑަ އިރުކޮޅެއް ވާންދެން އަހަންނާ ވާހަކަ ދައްކާލަން މަޑުކޮށްލަދީ-"
އަންހެންކުއްޖާ ކުޑަކޮށް ނުރުހުން ވެފައި ބުނެލިއެވެ. "ކަލޭގެ އަންހެނުން ގެއްލުނީމާ އަހަންނާ ވާހަކަ ދައްކަންވީތަ-؟ އަހަންނާ ވާހަކަ ދެއްކީމާ އަންހެނުން ފެންނާނެތަ-?؟"
ފިރިހެންމީހާ ބުނެލިއެވެ. "އާނ- އަހަރެން އަންހެން ކުއްޖަކާ ވާހަކަ ދައްކާ ތަން ފެނުމާއެކު އޭނާ އިން ތަނަކުން ނުކުމެގެން އަންނާނެ-"
ބޮޑުތަކުރުފާނު
ދާރުލްއާާރު ބަލަން ދިޔަ މީހެކެވެ. ގައިޑަކު އެކި އެއްޗެހި ދައްކަމުން، އެ އެއްޗިއްސާ ބެހޭ މަޢުލޫމާތު ދެމުން ދިޔައެވެ.
ބަލަމުން ދަނިކޮށް މީހެއްގެ ބޮލުގެ ނާށިގަނޑެއް ފެނިއްޖެއެވެ. އެ މީހާ އަހައިލިއެވެ. "މިއީ ކާކުގެ ބޮލުގެ ނާށިގަނޑެއް-؟"
ގައިޑު ބުނެލިއެވެ. "ބޮޑުތަކުރުފާނުގެ-"
އެ މީހާ ދެން އިޝާރާތް ކޮށްލީ އެ ނާށިގަނޑާ ޖެހިގެން ހުރި ތަންކޮޅެއް ކުޑަ ނާށިގަނޑަކަށެވެ. "މިޔޯ-؟"
ގައިޑު ކުޑަކޮށް ހާސް ވެފައި ބުނެލިއެވެ. "ތިޔައީ ބޮޑުތަކުރުފާނު ތުއްޕުޅު އިރުގެ ނާށިގަނޑެއް-!"