ކޮށީގައި އޮތް މިނިކާވަގު
މީހަކު އޭނާގެ ކުޑަ ދަރިފުޅު ގޮވައިގެން ހައިވާނުބަގީޗާއަކަށް ހިނގައްޖެއެވެ. އެތާނގައި ކޮށްޓަކަށް ލާފައި އޮތް މިނިކާވަގެއް ފެނިގެން ކޮށި ދޮށަށް ގޮސް ދަރިފުޅަށް އެ ސޮރު ދައްކާފައި އެ ސޮރުގެ ނުރައްކާތެރިކަމުގެ ވާހަކަ ވަރަށް ދިގުކޮށް ދަރިފުޅަށް ކިޔައިދީފިއެވެ. އެ ސޮރަށް މިނިކާވަގޭ ކިޔަނީ ކީއްވެގެންކަންވެސް އޮޅުންފިލުވައިދީފިއެވެ.
ހުރިހައި ވާހަކައެއް ކިޔައިދިނީމާ ދަރިފުޅު ކިޔައިފިއެވެ. "ބައްޕާ. އެ މިނިކާވަގު ކޮށިން ނުކުމެ ބައްޕަ ކާލައިފިއްޔާ..."
ބައްޕަ ހިނިތުންވެލިއެވެ. "އާނ... ކީކޭ ދަރިފުޅާ؟ ބައްޕަ ކާލައިފިއްޔާ ކީކޭ؟"
ދަރިފުޅު ބުންޏެވެ. "އަޅުގަނޑު ގެއަށް ދާނީ ކިހިނެއްތޯ؟"
ފޯނު
ރަށެއްގެ ކައުންސިލަށް އާދައިގެ މީހަކު ހޮވިއްޖެއެވެ. މި މީހާއަކީ ދުވަހަކުވެސް އެފަދަ މަގާމެއްގައި އުޅުނު މީހެއް ނޫނެވެ. އެހެންވީމާ އޮފީހަށް ނުކުތް ފުރަތަމަ ދުވަހުވެސް އެހެން މީސްމީހުންނަށް ވަރަށް ކުލަވަރު ދެއްކިއެވެ.
ކައުންސިލަރަށް ޚައްސަ ކޮށްފައިވާ ކޮޓަރިއަށް މީނާ ވަދެ ހަމަޖެހިލީތަނާ އަންހެން ކުއްޖަކު އައިސް ވަދެފައި ބުނެފިއެވެ. "ކައުންސިލަރާ ބައްދަލުކޮށްލަން މީހަކު އައިސް އެބަހުރި."
ކައުންސިލަރު ބުންޏެވެ. "ކުޑައިރުކޮޅަކު އެމީހާ ބޭރުގައި ބައިންދާފައި އެތެރެއަށް ވައްދާ."
އޭގެ ކުޑަ އިރުކޮޅެއް ފަހުން މީހަކު އެ ކޮޓަރިއަށް ވަދެއްޖެއެވެ. މިމީހާ ދޮރު ހުޅުވަން ތަޅުގައި ހިފައިލުމާއެކު ކައުންސިލަރު މޭޒުމަތީގައި ހުރި ފޯނުގެ އަތްގަނޑު ނަގައިގެން ކަންފަތުގައި ޖައްސައިލިއެވެ. އަދި ވާހަކަ ދައްކަން ފަށައިފިއެވެ. ބޭނުމަކަށްވީ އަވަދިނެތި އުޅޭގޮތް ދެއްކުމެވެ.
އިރުކޮޅަކު ވާހަކަދެއްކުމަށް ފަހު ފޯނު ބާއްވާފައި ބުނެފިއެވެ. "އަހަރެން ވަރަށް އަވަދިނެތި އުޅޭ ދުވަހެއް. ފޯނަކު ފުލު ފޯނެއްވެސް އެބައާދޭ. ކީއްކުރަން ތިޔަ އައީ؟"
އެމީހާ ބުންޏެވެ. "އަޅުގަނޑު މި އައީ ދިރާގުން. ތިޔަ ފޯނު ގުޅައިދޭން."