ޝާހް ރުޚް ޚާނާ އެކު ލޯބީގެ މަންޒަރެއް ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް: ތާޕްސީ ޕަންނޫ

ޝާހް ރުޚް ޚާނާ އެކު ލޯބީގެ މަންޒަރެއް ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމުގައި ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ބަޠަލާއެއް ކަމުގައިވާ ތާޕްސީ ޕަންނޫ ބުނެފިއެވެ.

ޝާހް ރުޚް ޚާނާ އެކު ފިލްމު "ޑަންކީ" ކުޅުނު ދުވަސްވަރުގެ ތަޖުރިބާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ތާޕްސީ ބުނީ ފުރަތަމަ ފަހަރަށް ޝާހް ރުޚް ޚާނާ ބައްދަލުވިއިރު އޭނާ ހުރީ ހާސްވެ ކަންބޮޑުވެފައި ކަމަށެވެ. ނަމަވެސް އިންޑިއާގެ ފިލްމީ ދާއިރާގެ ރަސްގެފާނު ކަމަށް ބެލެވޭ ޝާހް ރުޚް ޚާނާ އެކު ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބުމުގެ އިތުރަށް އެ ފިލްމަށް ބޮޑު ކާމިޔާބީ އެއް ލިބުމުން ތާޕްސީ މި ވަގުތު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

ތާޕްސީ ބުނި ގޮތުގައި ޝާހް ރުޚް ޚާނާ ބައްދަލުވުމުން އޭނާގެ ހުރިހާ ފިލްމެއްގެ މުހިންމު މަންޒަރުތައް އޭނާގެ ސިކުނޑިއަށް އަންނަން ފެށި ކަމަށާއި އޭނާގެ ލޯބީގެ ރީތި އިހުސާސްތަކާއި ސްކްރީނުން އުފެއްދި ހުރިހާ ތާރީހީ މަންޒަރުތަކާއި އޭނާގެ ފިލްމުތަކުގެ މަޝްހޫރު ލަވަތަކާއި މަޝްހޫރު ޑައިލޮގްތައް އޭނާގެ ސިކުނޑީގައި އެނބުރެންފެށި ކަމަށެވެ.

ޝާހު ބުނި ގޮތުގައި ޒުވާން ޅަ އަންހެންކުދީންނާއެކު އޭނާ މިހާރު ލޯބީގެ ފިލްމުތައް ކުޅެން ބޭނުމެއް ނޫނެވެ. އޭނާ ބޭނުން ވަނީ އުމުރާ ގުޅޭ ފިލްމުތައް ކުޅޭށެވެ.

ޝާހު ބުނި ގޮތުގައި "ޑަންކީ"އަކީ ފިލްމީ ހަޔާތުގައި އޭނާ ކުޅުނު އެންމެ މޮޅު އެއް ފިލްމެވެ.

ފިލްމު އުފައްދާ ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ ފިލްމު "ޑަންކީ"ގެ  ވާހަކަ އެނބުރެނީ ލަންޑަނަށް ބަދަލުވެ ވަޒަންވެރިވާން ބޭނުންވާ އިންޑިއާގެ 5 ރައްޓެހިންނާ ބެހޭ ގޮތުންނެވެ.

އެ ފިލްމުގެ މުހިންމު ބައިތައް ކުޅެފައި ވަނީ  ތާޕްސީ ޕަންނޫ، ވިކީ ކައުޝަލްގެ އިތުރުން ޝާހްރުކް ޚާނާއި ދިޔާ މިރްޒާ އާއި ބޯމަން އިރާނީ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.