ފިރިމީހާގެ ފިލްމު "ޖަނަވާރު" ނުރައްކާތެރި ކަމަށް އާލިއާ ބަޓް ބުނެފި

ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ބަޠަލާ އާލިއާ ބަޓް އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރު ކުޅެފައިވާ ތަޅައިފޮޅުން ގިނަ   ފިލްމު "އެނިމަލް" ނުރައްކާތެރި ކަމަށާއި "ފައްކާ" ކަމަށް ބުނެފިއެވެ.

ހުރިހާ ގޮތަކުން ވެސް މޮޅު ރަންބީރު ކަޕޫރުގެ ފިލްމު "އެނިމަލް" ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކަން ފަށާފައިވާއިރު، ފުރަތަމަ ދުވަހު އެ ފިލްމަށް ހުރިހާ ދިމާއަކުން ވެސް ލިބުނީ ވަރަށް ބޮޑު ތަރުހީބެކެވެ. ގިނަ އަދަދެއްގެ ބަޔަކު ފިލްމު ބަލަން ސިނަމާތަކަށް ދިޔައެވެ. ޓިކެޓު ގަންނަން ހެދި ސަފުތައް ދިގެވެ. ފިލްމު އެޅުވުމުގެ މާކުރިން އެތައް ލައްކަ ޓިކެޓެއް  ވިކިފައިވެއެވެ.

އިންޑިއާގެ މީޑިއާތަކުން ބުނި ގޮތުގައި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ރަންބީރު ކަޕޫރާއި އާލިއާ ބަޓް ވަނީ އާއިލާގެ ބައެއް މީހުންނާއެކު މުމްބާއީގައި ފިލްމު "އެނިމަލް" ގެ ހާއްސަ ޝޯއެއް ބަލާފައެވެ. އެ ފިލްމުގެ ވީޑިއޯ ވައިރަލް ވަމުން އަންނަ ކަމަށް ވެސް ޚަބަރު ފެތުރެމުން އެބަދެއެވެ.

އާއިލާގެ ބައެއް މީހުންނާއެކު ފިލްމު ބަލާފައި ނިކުމެގެން ދަނިކޮށް ނޫސްވެރިން ފިލްމާ ބެހޭ ގޮތުން ސުއާލުކުރުމުން އާލިއާ ބުނީ ފިލްމު ވަރަށް "ނުރައްކާ" ކަމަށާއި "ފައްކާ" ކަމަށެވެ.

ފިލްމު "އެނިމަލް"އަށް ބެލުންތެރިން އިންތިޒާރު ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ދިގު އިންތިޒާރެއް ބެލުންތެރިން "އެނިމަލް"އަށް ކުރަން ފެށީ ފިލްމުގެ މޮޅު ވީޑީއޯ އިޝްތިހާރުތަކެއް ފެނުމުންނެވެ.

ރަންބީރު ކަޕޫރު "އެނިމަލް"އިން ފެނިގެން ދަނީ ނުރައްކާތެރި ގޮތަކަށެވެ. އަދި އޭނާ

އަނިޔާވެރި ގޮތަކަށް މަރާލި މަންޒަރު ފިލްމުން ފެނިގެން ދެއެވެ.

"އެނިމަލް"ގައި ބޮބީ ޑިއޯލް ރަންބީރު ކަޕޫރާ އެކު ފެނިގެން ދަނީ ނުބައި ބައިންނެވެ. ފިލްމުގެ ބަޠަލާއަކީ ރަޝްމީކާ މަންޑާނާ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.