އެމެރިކާގައި ކޮރޯނާ ވައިރަސް އަނެއްކާވެސް ފެތުރެން ފަށައިފި

އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް ހަލުވިކަމާއެކު އިތުރުވާން ފަށައިފިއެވެ.

ކޮރޯނާ ވައިރަސްގެ އައު ރާޅުގެ ސަބަބުން ކްރިސްމަސް ދުވަހު ބާއްވާ އާންމު ހަރަކާތްތަކަށް ބަލާއިރު އެކި ސްޓޭޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ވިސްނަންޖެހިފައެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ކޮރޯނާގެ އެންމެ ފަހުގެ ރާޅުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ކެލިފޯނިއާ ސްޓޭޓަށެވެ. މި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި 2،000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިގެން ކެލިފޯނިޔާގައި ރިޕޯޓްކޮށްފައިވާއިރު، އެ ސްޓޭޓުގައި ވަރަށް ހަލުއިކަމާއެކު ކޮރޯނާ ފެތުރެމުން ދާކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާގެ ހެލްތު ޑިޕާޓްމަންޓުން ބުނާ ގޮތުގައި ކެލިފޯނިއާގައި ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ މަހާ އަޅާބަލާއިރު ފްލޫ ޖެހިފައިވާ މީހުން ނުހިމަނައި 40 ޕަސެންޓް ވަނީ އިތުރުވެފައެވެ.

އެމެރިކާގައި ފިނިމޫސުން ފެށޭއިރު ކޮންމެ އަހަރަކުވެސް ކޮރޯނާ ކޭސްތައް އިތުރުވި ނަމަވެސް މިއަހަރު މި ރޭޓް މިދިޔަ އަހަރަށްވުރެ ދެގުނަ އިތުރުވެފައިވާކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި އެއީ  ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ތަޖުރިބާކާރުން ބުނަމުން އެބަގެންދެއެވެ. ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓް ކުރާ ގިނަ މީހުންނަކީ ވެކްސިން ޖަހާފައިވާ މީހުންކަމަށާއި އެމީހުންގެ ހާލަތު ގޯސް ނޫންކަމަށާއި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް ސިއްހީ ދާއިރާއިން ހާމަކުރެއެވެ.

ކޮރޯނާ ވައިރެސް ޖެހިގެން އެމެރިކާއިން 1144877 މީހުން މަރުވެފައިވެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.