އިތުރު 24 މީހަކަށް ކޯވިޑް ޖެހިއްޖެ

އިތުރު 24 މީހަކަށް މިއަދު ކޯވިޑް ޖެހިއްޖެއެވެ. މިއަދު ކޯވިޑް ޖެހުނު 24 މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި ބަނގްލަދޭޝްގެ 18 މީހުންނާއި އިންޑިއާގެ 4 މީހުންނެވެ. މިއީ މިއަދުގެ ހަވީރު 4:30 އާ ހަމައަށް ބަލިޖެހުނު މީހުންގެ އަދަދެވެ. 

މިއަދު ބަލި ޖެހުނު 24 މީހުންނާއެކު މިހާތަނަށް ރާއްޖޭން ބަލި ޖެހުނު މީހުންގެ އަދަދަކީ 1395 އެވެ. މިހާތަނަށް 498 ދިވެއްސަކާއި 897 ބިދޭސީއަކަށް ބަލިޖެހިފައިވެއެވެ. ބިދޭސީންގެ ތެރޭގައިގިނައީ ބަނގްލަދޭޝް މީހުންނެވެ. މިއައު ބަލިޖެހނު 18 މީހުންނާއެކު ބަނގްލަދޭޝްގެ 706 މީހަކަށް ކޯވިޑް ޖެހިފައިިވެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.