ޒަރޫރީ ބޭނުމެއް ނެތި އީދު ބަންދަށް ރަށްރަށަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފި

ޒަރޫރީ ބޭނުމެއް ނެތި އީދު ބަންދަށް ރަށްރަށަށް ދަތުރު ނުކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.

މިރޭގެ ނޫސްވެރީންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ އީދު ބަންދަށް ރަށްރަށަށް ދިއުމަށް ގިނަބަޔަކު އެދެމުން ދާކަން ފާހަގަކުރެވޭ ކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ މާލެއިން ރަށްރަށަށް ދަނަމަ އެދެވެނީ ފުރަބަންދު ކަރަންޓީނަކަށް ކަމަށެވެ.

"ފާހަގަކޮށްލަން ބޭނުންވަނީ، އީދު ޗުއްޓީ ލިބުނުކަމުގައި ވިޔަސްވެސް ޒަރޫރީ ބޭނުމެއް ނެތިއްޔާ މާލެއިން ރަށްރަށަށް ދަތުރުނުކުރުމަށް. އެއީ ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެން (ރަށްރަށުގައި ބަލި ފެތުރުނަ ނުދިނުމަށް). ރަށްރަށުގައި ބަލި ފެތުރުނަ ނުދީ ހިފެހެއްޓޭތޯ އަޅުގަނޑުމެން ވަރަށް މަސައްކަތް އެބަކުރަން." ޑރ. ޝަހީދު ވިދާޅުވިއެވެ. އެހެންވީމާ އާއްމު ފަރުދުންވެސް ވިސްނަންވާނީ މިގޮތަށް ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ރަނގަޅު ގޮތަކީ ސީދާ ޒަރޫރީ ބޭނުމެއް ނެތިއްޔާ ރަށްރަށަށް ދަތުރުނުކުރުން ކަމަށެވެ.

އީދު ޗުއްޓީގައި ރަށްރަށަށް ދިޔައަސް ސާދަ ދުވަހު ކަރަންޓީނުގައި ހުންނަންޖެހޭނެ ކަން ޑރ. ޝަހީދު ފާހަގަކުރެއްވިއެވެ. އަދި ކަރަންޓީނު ނިމުމުގެ ކުރިން މާލެ ނާދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ކަރަންޓީނު ނުނިމެނީސް އަނބުރައި ދަތުރު ނުކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.