ހުޅުމާލޭ މަގުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލޭ މަގުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 68 އަހަރުގެ ސިންގަޕޫރު ފިރިހެނެއް ކަމަށެވެ.

ހުޅުމާލޭ އުނިގަސް މަގުގައި މީހަކު ވެއްޓިފައި އޮތް ކަމަށް މިއަދު ހެނދުނު 8:02 ހާއިރު، ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށް ވެސް ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.