ތަމްރީނު ހަދަމުންދިޔަ ޖަލު އޮފިސަރެއް ގެނބިގެން ނިޔާވެއްޖެ

ތަމްރީނު ހަދަމުންދިޔަ ޖަލު އޮފިސަރެއް ގެނބިގެން ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މާފުށީގައި ޓްރެއިނިންގ ހަދަމުންދިޔަ ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 11:15 ހާއިރު ކަމަށެވެ.

އޭނާ އިތުރުފަރުވާއަށް މާލެ ގެނެސް، އައިޖިއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށާއި ނިޔާވީ ދިވެހި އަންހެނެއް ކަމަށް ވެސް ބުންޏެވެ

މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުންބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.