މިރޭގެ އޮޕަރޭޝަނުގައި މިހާތަނަށް އެއްވެސް މީހަކު ބަންދެއް ނުކުރަން: ފުލުހުން

ރިޟްވާންގެ މަރާ ގުޅިގެން މާލެއާއި އައްޑޫގައި ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަނުގައި މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާއިން ވިދާޅުވީ ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނަކީ "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަން" އިން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ބަލާފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

މިހާތަނަށް މީހަކު ބަންދު ކޮށްފައި ނުވިޔަސް އެމީހަކާ ގުޅުންހުރި ތަންތަން ބަލާ ފާސްކުރުމަށް ފުލުހުންގެ ވެހިކަލްތަކުގައި އެތަންތަނަށް ފުލުހުންނާއެކު އޭގެތެރެއިން ބައެއް މީހުން ދަތުރުކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރޭގައި ރިޟްވާން ރަހީނުކޮށްގެން   ގެންގޮސް ގޮސް އެރުވި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ސ. ފޭދޫ ގުރަހާގޭ އަގްލީލް (ކިޑޫ) ވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް ފުލުހުން އެކަން ކަށަވަރު ކޮށްނުދެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.