ރިޔާސީ އިންތިހާބު ދެވަނަ ބުރަކަަށް، ވާދަ ކުރައްވާނީ ޑރ. މުއިއްޒު އާއި ރައީސް ސާލިހް

ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ކުރި ނުހޯއްދެވި، ދެވަނަ ބުރަކަށް ދާން ޖެހިއްޖެއެވެ.

ފުރަތަމަ ބުރުން އެއްވެސް ބޭފުޅަކަށް އިންތިހާބު ކާމިޔާބު ނުކުރެއްވުނީ 51 އިންސައްތަ ވޯޓު ލިބިނުލެއްވުމުންނެވެ.

އިންތިހާބުގެ ތިންވަނަ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބޭިއރު، ހަތަރުވަނައިގައި ވަނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ. އަދި ފަސް ވަނަ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމަށް ލިބިލައްވާއިރު، ހަ ވަނަ ލިބިލައްވަނީ ފާރިސް މައުމޫނަށެވެ.

މީގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް ހަތް ވަނަ ލިބިލައްވާއިރު، އަމިއްލަގޮތުން ވާދަކުރެއްވި ހަސަން ޒަމީލަށް ލިބިވަޑައިގަންނަވަނީ 8 ވަނައެވެ.

މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ. މިއީ މަލްޓިޕާޓީ ސިސްޓަމަށް ރާއްޖޭގެ ވެރިކަން ކުރަން ފެށިފަހުން އެންމެގިނަ ކެންޑިޑޭޓުން ވާދަކުރެއްވި އިނބްތިހާބު ވެސް މެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ދެވަނަ ބުރެއްގައި ވޯޓު ލާން ޖެހިއްޖެނަމަ، މި މަހުގެ 30 ވަނަ ދުވަހު ވޯޓުލުން ބާއްވާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.