'މިކަހަލަ އަނިޔާވެރި ސަރުކާރެއް' ބަލިކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ މި ސަރުކާރު ބަލިކުރަން ހިތްވަރާއި ސާބިތުކަން ދައްކާ، ސަރުކާރު ދެކެ ބިރު ނުގަންނަކަން ދައްކަންޖެހޭ ކަމަށެވެ. އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށްޓަކާ މިހާރަށް ވުރެ އިތުރު ގިއަރަކަށް މަސައްކަތް ޖައްސާލަން ޖެހޭ ކަމަށެވެ.
އެގޮތުން މި ސަރުކާރު ބަލިކުރަން ހިތްވަރާއި ސާބިތުކަން ދައްކަންޖެހޭ ކަމަށާއި ސަރުކާރު ދެކެ ބިރުނުގަންނަކަން ވެސް ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަނޑިޔާރުން ވެސް ސަރުކާރުގެ މަގްސަދު ހާސިލް ކޮށްދޭ ބަޔަކަށް ނުވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ގައުމު ދަނީ ހިޔާލު ވެސް ކޮށްނުލެވޭ ފަދަ ނުރައްކާތެރި ދިމާއަކަށް ކަމަށާއި އެއީ އެނގި ތިބެ، ގަސްތުގައި ރާވައިގެން ކުރާ ކަމެއް ކަމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެކަމާ މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށާއި މާދަމާ ދިވެހިންގެ މައްޗަށް ވެރިކަން ކުރާނީ އިންޑިއާ އިން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
މެންބަރުން މާޔޫސް ނުވެ އެމީހަކު ހުރި ތަނަކުން ހުރި އަތޮޅަކުން ރައީސް ޔާމީން ގެ ކެމްޕެއިން މެކްހަށް ޖެހުމަށް ވެސް އަދުރޭ ވަނީ ގޮވާލައްވާފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ.
އޭގެ މަސްތަކެއް ފަހުން އެ މައްސަލައިގައި ހިމެނޭ ޖޫރިމަނާ ފައިސާ (52.6 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.
That means you are so depressed