ރައީސް ޔާމީނަށް ކެންޕޭން ކޮށްދޭން 2000 މީހުން މިއަދު ނުކުންނަނީ

"ރައީސް ޔާމީން ކެންޕޭން ގޯއްޗަށް" ނަމުގައި މިއަދު ބާއްވާ ދޮރުންދޮރަށް ހިނގުމުގެ ކެންޕޭނުގައި ހިލޭ ސާބަހަށް 2000 އަށްވުރެ ގިނަމީހުން ބައިވެރިވާނެއެވެ.

މިއަދު ހަވީރު 4:00 ގައި މާލޭގައި ފެށުމަށް ހަމަޖެހިފައި މިހަރަކާތުގައި ދައުލަތުގެ މިނިސްޓަރުންނާއި ރައީސް ޔާމީނަށް ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

ޔާމީން ވިދާޅުވެފައިވަނީ މިއީ ރާއްޖޭގައި މިގޮތަށް ބާއްވާ އެންމެބޮޑު ކެންޕޭނަށް ވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ރައީސް ޔާމީނަށް މިހާރުއޮތް ތާއީދުވެސް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިއަދުގެ ދޮރުންދޮރަށް ހިނގުމުގެ ކެންޕޭން ޚާއްސަކުރަނީ މާލޭގެ ރަށްވެހިންނާއި ރަށްރަށުން މާލެއައިސްތިބި މީހުންނަށެވެ. ރިޔާސީ އިންތިޚާބު ކުޑަތަން ވަމުން އަންނަ މިންވަރަކަށް ރައީސް ޔާމީންގެ ކެންޕޭން ވެސް ދާނީ ވަރުގަދަވަމުންނެވެ.

ރައީސް ޔާމީނަކީ މިހާރު ވެރިކަން ކުރަމުންދާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.