ޕީޕީއެމްގެ ބައެއް ކޮމިޓީތަކުން ރައީސް މައުމޫނާ ބައްދަލުކުރަން އެދެނީ!

ޕީޕީއެމްގެ ބައެއް ކޮމިޓީތަކުގެ ވެރިން އެޕާޓީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމާ ބައްދަލުކުރަން އެދެމުން އެބަދެއެވެ.

އާފަތިހަށް މަޢުލުމާތުލިބިފައިވާގޮތުގައި ، އެޕާޓީގެ ބައެއް ކޮމިޓީތަކުންވަނީ ރައީސް މައުމޫނުގެ އިސްލާޙީ އެޖެންޑާއަށް ތާޢީދުކުރަކަން ހާމަކޮށް، އެމަނިކުފާނާ މަޝްވަރާކުރުމަށް ބައްދަލުކުރުމަށް އެދެމުންނެވެ. އެގޮތުން ޕާޓީގެ އިންތިޚާބުކޮމިޓީން ވެސް ވަނީ ރައީސް މައުމޫނާ ބައްދަލުކުރަން އެދިފައެވެ.

ޕީޕީއެމްގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ޑިމޮކްރަސީގެ ޑެފިސިޓް ކުޑަކުރުމުގެގޮތުން ރައީސް މައުމޫނު ފައްޓަވާފައިވާ އިސްލަޙީ އެންޑާއާއި، އޭގެދަށުން އެކުލަވާލާފައިވާ ޓައިމްލައިނަށް ޕާޓީގެ ޢާއްމު މެމްބަރުންގެ ގިނަބަޔަކާއި، ބައެއް ކޮމިޓީތަކުން ތާޢީދުކޮށް އެއްބާރުލުން އަރުވާނެކަން ދަނީ ހާމަކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.