ވިލިމާލެ އިން މިރޭ ފެނުގެ ޚިދުމަތް ކަނޑާލަނީ

ވިލިމާލެ އިން މިރޭ ފެނުގެ ޚިދުމަތް ވަކި ވަގުތަކަށް ކަނޑާލާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ވިލިމާލެއިން ފެނުގެ ޚިދުމަތް މެދުކެނޑޭނީ މިރޭ 23:45 ން މެންދަމު 02:00 އާ ދެމެދުގެ ވަހުތުގައި ކަމަށެވެ.

މި ވަގުތުގައި އެ އަވަށުން ފެނުގެ ޚިދުމަތް މެދުކަނޑާލަނީ ވިލިމާލެ ފެނުގެ ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑު ކުރުމުގެ މަސައްކަތެއް ކުރުމަށް ކަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

މިކަމުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީ އިން ވަނީ މަޢާފަށް އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.