އުޟްހިޔާ ކަތިލީ މާލެސިޓީގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ނަމުގައި: މޭޔަރ މުޢިއްޒު

1444 ވަނަ އަހަރުގެ އަޟްހާ ޢީދުގައި މާލެ ސިޓީ ކައުންސިލުން އުޟްހިޔާ ކަތިލީ މާލެސިޓީގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ނަމުގައި ކަމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަޟްހާ ޢީދު ދުވަހު ކައުންސިލުން އުސްފަސްގަނޑުގައި ބޭއްވި އުޟްހިޔާ ކަތިލުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ

އަޟްހާ ޢީދަކީ މުސްލިމުންނަށް އެންމެ މުޤައްދަސް އެއް މުނާޞަބަތު ކަމަށާއި، އެ ދުވަހު އެންމެ ޚާއްޞަވެގެން ދަނީ އުޟްހިޔާ ކަތިލުމަށް ކަމަށެވެ.

އެހެންކަމުން މާލެސިޓީ ކައުންސިލުން ގަސްތުކުރީ މާލޭގައި ދިރިއުޅުއްވާ އެންމެހާ ރައްޔިތުންގެ ނަމުގަ ކައުންސިލްގެ ފަރާތުން އުޟްހިޔާ ކަތިލަން ކަމަށާއި، އެކަން ކުރިއަށް ގެންދިޔައީ އެ ނިޔަތުގަ އެ މާތް މަޤްސަދުގައި ކަމަށް މޭޔަރ ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލުން ޢީދު ދުވަހު ޢީދު ނަމާދަށްފަހު އުސްފަސްގަނޑުގައި ބޭއްވި އުޟްހިޔާ ކަތިލުމުގެ ހަފްލާގައި ގިނަ ރައްޔިތުންތަކަކަށް ވަނީ އުޟްހިޔާ ހަދިޔާ ކޮށްފައެވެ.

އަޟްޙާ ޢީދަށް މާލެ ސިޓީކައުންސިލުން ގިނަ ޙަރަކާތްތަކެއް ހިންގާފައިވާއިރު އެ ހުރިހާ ޙަރަކާތެއްގައި މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެން ރައްޔިތުންނާއި އެކު ޢީދުގެ އުފަލުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މާލެސޓީ ކައުންސިލުން އަޟްޙާ ޢީދަށް ޚައްސަކޮށް ހިންގި ޙަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

1 ޚިޔާލު

  1. އުލްހިއްޔާ ކަތިލުމަކީ އަޅުކަމެކެވެ. އެކަތިލެވޭނީ ކޮންބަޔަކަށް ކިތަކެތިކަން ވަނީ ދީނުގައި ކަނޑައެޅިފައެވެ. މުއިއްޒު ބޭނުން ބަޔަކަށް ބޭނުން ވަރަކަށް އުލްހިއްޔާއެއް ކަތިނުލެވޭނެއެވެ. ކަލޭމެން ސަކަރާތް ޖަހަން ދީނީކަންތައް ނޫން ކަންތައް ހޯދާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.