އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ދިވެހިންގެ މިނިވަންކަން ހިމާޔަތް ކުރުމަށް: މުއިއްޒު

ހޮނިހިރު ދުވަހު ވޯޓުލާއިރު ރައްޔިތުން އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ދިވެހިންގެ މިނިވަންކަން ހިމާޔަތް ކުރުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި ވިލިމާލެއަށް ވަޑައިިގެން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމުގެ ސިފައިންނަށް ތިބެވި، އަޑިނޭނގޭ އެއްބަސްވުންތައް ހަދައިގެން އުޅުމަކީ ޖާގަ ދޭނެ ކަންކަމެއް ނޫންކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބިކަން ރައީސް ޞާލިހުވެސް ގަބޫލު ކުރައްވާ ކަން އެންމެ ފަހުން ބޭއްވި ބަސްހުގައި ވެސް ވިދާޅުވި ކަމަށާއި ނަމަވެސް ރައީސް ޞާލިހަށް އެމީހުން މިޤައުމުން ބާލަން އަދި ވެފައިވާ ސިއްރު އެއްބަސްވުންތައް ހާމަ ކުރަން ނުކެރޭކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިހާރުވެސް އަޑު އުވެނީ އައްޑޫއާއި ހަނިމާދޫ އިންޓަރ ނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރާ މަތިން އުމުރު ދުވަހަށް ބޮޑު ބިމެއް އިންޑިއާއަށްދޭން އުޅޭކަމުގެ ވާހަކަ ކަމަށާއި މިއީ ސީދާ މިނިވަން ކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގަންޖިފަރާސް ލިޔަސް، ޓީޝާޓް ލިޔަސް އިންޑިޔާ ސިފައިން ވާނީ އިންޑިޔާ ސިފައިންނަށް ކަމަށާއި އެމީހުންނަށް މިތާކު ނުތިބެވޭނެ ކަމަށެވެ. އަދި މިޤައުމުގެ މިނިވަންކަން ދަމަހައްޓައި މިނިވަންކަން ގާއިމް ކޮށްދެއްވާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.