ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އިން ކާމިޔާބުކޮށްފި

އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒު

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީ އިން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ބޭއްވި އެ ދާއިރާ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒު ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓު ކެންޑިޑޭޓް ހުސައިން ރިޒާ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފް އާ ވާދަކޮށްގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ވަގުތީ ނަތީޖާ އަށް ބަލާއިރު، ޝާޒަށް 1340 ވޯޓު ލިބުނުއިރު ހުސެން އަށް ލިބުނީ 1226 ވޯޓެވެ.

ޝާޒު މި ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުހަބާ ދަންނަވާފައެވެ. ރައީސް ސާލިހު ކުރެއްވި ޓްވީޓެއްގައި ވަނީ މި އިންތިޚާބުން ހާމަވެގެން މިދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން ކަމަށެވެ.

"ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއް." ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ކުރެއްވި  ޓްވީޓެއްގައި ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމުން  ޝާޒުއަށް މަރުހަބާ ވިދާޅުވެފައެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޒަމާނުއްސުރެ ޕީޕީއެމް ގެ ބޮޑު މެޖޯރިޓީ އޮތް ގުރައިދޫ ދާއިރާ އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހޯއްދެވި ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.