ކޮމަންޑޫ ޑަބްލިއުޑީސީ ގެ ބައި-އިލެކްޝަން ކާމިޔާބުކޮށް އެމްއެންޕީން ހިންދެމިލައިފި

ށ. ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބުކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެ ޕާޓީގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

އެ ބައި-އިލެކްޝަން ގައި ދެ ގޮނޑި ހުސްކޮށް އޮތް އިރު، އެމްއެންޕީއާއި އެމްޑީޕީ އަދި ޕީޕީއެމް އިން ވަނީ ވާދަކޮށްފައެވެ.

އެމްއެންޕީގެ ފަރާތުން ބައި-އިލެކްޝަންގައި އެންމެ ކެންޑިޑޭޓެއް ވާދަކުރިއިރު، އަނެއް ދެ ޕާޓީން ކޮންމެ ޕާޓީއަކުން ދެ ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

ކޮމަންޑޫ ބައި-އިލެކްޝަންގެ ނަތީޖާއަށް ބަލާއިރު، އެމްއެންޕީގެ ކެންޑިޑޭޓް ޒައީމާ އާދަމް އަށް 334 ވޯޓު ލިބުނުއިރު، އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ވަހީދާ އަށް ލިބުނީ 288 ވޯޓެވެ. އަދި ޕީޕީއެމްގެ އައިޝަތު ރަޝީދާ އަށް ލިބުނީ 223 ވޯޓެވެ.

މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ އެންމެހަގު ޕާޓީއަކީ އެމްއެންޕީ ނަމަވެސް އެންމެ ހަރަކާތްތެރި އެއް ޕާޓީއަކީ އެމްއެންޕީއެވެ.

އަންނަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ގައި ވެސް ވާދަ ކުރާނެ ކަމަށް އެ ޕާޓީން ވަނީ އިއުލާނު ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.