މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓް ނެރެފި

މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު 12:00 ހަމައަށެވެ.

އެ އެލަރޓުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 6 ފޫޓު ދެމެދު ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

އެހެންވެ، ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުވެ، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.