ބޮޑު ބަޔަކަށް ވައިޓް އެލާޓް، 50 މޭލަށް ވައިގަދަވާނެ

ބޯކޮށް ވާރޭވެހި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ހއ. އިން ފެށިގެން ށ. އަތޮޅަށް އަދި ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ނެރެފައިވާ މި އެލާޓްގައި ވާ ގޮތުން އެ ސަރަހައްދުތަކަށް ވިއްސާރަވެ ވައިގަދަވާނީ މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭގެ 9:00 އާ ހަމައަށެވެ.

އެ ވަގުތުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެލު ބޯކޮށް ވާރޭ ވެހި ގަޑިއަކު 50 މޭލަށް ވައިޖެހޭނެ ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

މެޓުން ބުނެފައިވަނީ މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ އެކިހިސާބުތަކަށްވސް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ލ. އަތޮޅާއި ޅ. އަތޮޅާ ދޭތެރޭ ހިމެނޭ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މެދުތެރެއާއި އުތުތުރުގެ އަތޮޅުތަކުގައި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައި ކަމަށާއި، ދެކުނުގެ ހިސާބުތަކުގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ގާތްގަޑަކަށް 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ލަފާ ކުރައްވާފައިވެއެވެ.

މެދުތެރެއާއި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެއެވެ. ދެކުނު އަތޮޅުތަކުގެ ކަނޑުތަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.