ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ދުންޔާ މައުމޫންގެ ޝައުގުވެރިކަން މަޖިލީހަށް!

ރާއްޖޭގެ ރައްޔިތުންމެ މަޖިލީހުގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ހުރިކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންނާ މައުމޫން ފާޅުކުރައްވައިފި އެވެ.

ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ މަގާމު 30 އަހަރު ފުރުއްވާފައިވާ އަލް އުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން ދުންޔާ ވިދާޅުވީ އެކަމަނާއަކީ އަބަދުވެސް މީހުންނާއެކީގައި ޓީމެއްގައި މަސައްކަތްކުރާ ހިތްވާ ފަރާތެއް ކަމަށެވެ.

އެކަމަނާ ވިދާޅުވީ ސަރުކާރުގެ މަތީ މަގާމުތައް ފުރިއްޖެ ކަމަށާއި ރައްޔިތުންނަށް ޚިދުމަތްކުރަން ފުރުސަތުތަކެއް ލިބިއްޖެ ކަމަށެވެ.

" މިހާރު މިހުރީ އިދިކޮޅު ޕާޓީއެއްގަ. އެ ޕާޓީގައި ވެސް އަޑު އުފުލަމުން މިދަނީ. މިއަށްވުރެ ގާތުން ވެސް ރައްޔިތުންނާ އެކީ މަސައްކަތްކުރުމުގެ ފުރުސަތެއް ލިބުން އުއްމީދަކީ. އެއީ  ސަރުކާރުގެ މަގާމެއްވިޔަސް ނުވަތަ ޕާލަމެންޓުގެ މެމްބަރެއް ވިޔަސް ބޮޑަށް ވިސްނަނީ ތަފާތެއް ގެނައުމުގެ ގޮތުން ޕާލަމެންޓު މެމްބަރެއްގެ މަގާމަށް ވިސްނާ މަސައްކަތްކުރުން." ދުންޔާ ވިދާޅުވި އެވެ.

މަޖިލިސް މެމްބަރުކަމަށް ޝައުވެރިކަން ފާލުކުރައްވަމުން ދުންޔާ ވިދާޅުވީ އެއީ މުޅިން ތަފާތު ދާއިރާއެއް ކަމަށައި ކުރިން ޚާރިޖީ ވަޒީރުކަމުގައި ހުންނެވިއިރު، ގިނައިން މަސައްކަތްކުރަން ޖެހުނީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދި ބޮޑަށް ފޯކަސް ކުރަން ޖެހުނީ ދުނިޔޭގެ ނުވަތަ އިންޓަރނޭޝަނަލް އިޝޫސްތަކަށް ކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އެއަށްވުރެ ގާތުން މަސައްކަތްކޮށް ރައްޔިތުންގެ ހާލަތު ދެނެގަނެ ރައްޔިތުންނަށް އެކިއެކި ކަންތައްތަކަށް ހައްލުތަކެއް ހޯދައިދިނުމަށް ވަރަށްބޮޑަށް ބޭނުންވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.