ރާއްޖެއަކީ އިންޑިއާގެ ބައެއްކަމަށް ޚާރިޖީ ވަޒީރު ޝާހިދު އެއްބަސްވެވަޑައިގެންފި: ދުންޔާ

ރާއްޖެއަކީ އިންޑިއާގެ ބައެއްކަމަށް ޚާރިޖީ ވަޒީރު ޝާހިދު އެއްބަސްވެވަޑައިގެންފި ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖެއަކީ އެހެން ގައުމެއްގެ ބައެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ސައުދުﷲ އަހްމަދު ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ދުންޔާގެ ޓްވީޓުގައި ވިދާޅުވީ ދިވެހިރާއްޖެއަކީ އެހެން ގައުމެއްގެ ބައެއް ކަމަށް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު ބުނެފި ކަމަށެވެ. އަދި އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަކަށް ފޮރިން މިނިސްޓްރީން އަދިވެސް ނުބެނޭ ކަމަށާއި ހާރިޖީ ވަޒީރު ހަނު ހުރުމަކީ ސްޓޭޓް މިނިސްޓަރު ދެއްކި ވާހަކަ އާ އެއްބަސްވުން ކަމަށެވެ.

ސްޓޭޓް މިނިސްޓަރ ސައުދު މިފަދަ މޭރުމަކުން ވިދާޅުވެފައިވަނީ އޭނާ ދާދިފަހުން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އެ އިންޓަރވިއު ގައި ސައުދު ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަކީ އޭޝިއާ ސަރަހައްދުން މިހާތަނަށް ފެނުނު އެންމެ ރަނގަޅު އެއް ލީޑަރު ކަމަށެވެ. އަދި އިންޑިއާގެ ބަޔަކަށް ދިވެހިރާއްޖެ ވުމުން އުފާވާ ކަމަށެވެ.

މީގެ އިތުރުން އެތައް އަހަރެއް ކުރިން ފެށިގެން ވެސް ރާއްޖެއާއި އިންޑިއާއާ ދެގައުމުގައި އެކުގައި މަސައްކަތް ކުރަމުން އަންނަކަމަށާއި އޭނާއަށް ގަބޫލު ކުރެވޭ ގޮތުގައި ދިވެހިރާއްޖެ އާއި އިންޑިއާ އަކީ އެއް އާއިލާއެއްގެ "ބައްޕައާއި މަންމަ" ކަމަށެވެ.

ސައުދު ގެ މި ވާހަކައާ ގުޅިގެން އާންމުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ވެސް އަންނަނީ ފާޑުކިޔަމުން ނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.