އަލަމްގީރްއަށް އަނެއްކާވެސް ނުވަ މަހުގެ ޖަލު ހުކުމެއް

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް އަށް އަނެއްކާ ވެސް ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ކްރިމިނަލް ކޯޓުން، އޭނާގެ މައްޗަށް މި ހުކުމް އިއްވީ އެއް ޖިންސުން ގުޅުން ހިންގުމުގެ އިތުރު ހަ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވުމުން ނެވެ.

އެ ދައުވާތަކަށް އޭނާ ވަނީ އަމިއްލަ އިއުތިރާފުން ނެވެ.

ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކަކާ ގުޅިގެން އަލަމްގީރު ހައްޔަރުކޮށްފައިވާއިރު، އެ ވީޑިއޯތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއު ކަމަށް ތުހުމަތުކުރެވޭ މީހުންގެ ވީޑިއޯތައް ހިމެނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.