އެއްޖިންސުން ގުޅުން ހިންގާކަމަށް ބެލެވޭ ވީޑިއޯތަކުގައި ފެންނަކަމަށް ބުނާ އެމްޑީ އަލަމްގިރި ގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ބަންގްލަދޭޝްގެ އަލަމްގިރިގެ ބަންދަށް ފަސް ދުވަސް ޖަހާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު، ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން މި މަހުގެ 13 ވަނަ ދުވަހުއެވެ.
އަލަމްގިރި ހައްޔަރުކޮށްފައިވަނީ މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި ހުއްޓައެވެ.
އަލަމްގިރިއާއެކު ބަޔަކު އެއްޖިންސުން ގުޅުންހިންގާ ކަމަށްބުނާ ވީޑިއޯތަކުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ބެލެވޭ މީހަކާއި ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްވެސް ހިމެނެއެވެ. އެހެންނަމަވެސް އެ ދެ ބޭފުޅުން ވެސް ވަނީ ކުރެވޭ ތުހުމަތުތަކަށް ދޮގު ކުރައްވާފައެވެ.
މީގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރާ ފުލުހަކާ އެކު އަލަމްގިރި އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ އެހެން ވީޑިއޯއެއް ވެސް ދައުރުވެފައިވާއިރު، ފުލުސް މީހާ ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން އަލަމްގިރި އާއި ކާނަލް ނަޝީދު އަދި ނާޒިމް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.