ޝިއާއުގެ މަރު: ޝަރީޢަތް ނިމެންދެން ޝާހިލް، ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި

ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ މަރުގެ މައްސަލައިގާ ހައްޔަރުކުރި އަލީ ޝާހިލް، ޝަރީޢަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އުމުރުން 22 އަހަރުގެ ޝިއާ އަނިޔާވެރިގޮތަކަށް މަރާލާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޝިއާގެ މަރުގެ މައްސަލައިގާ އުމުރުން 23 އަހަރުގެ އަލީ ޝާހިލް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވަނީ، އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް މީގެ އިރުކޮޅެއް ކުރިން ބޭއްވި ސިއްރު އަޑުއެހުމެއްގައެވެ.

ޝާހިލްގެ ބަންދުގެ އަޑުއެހުން ސިއްރުކުރަން ގާޒީ ނިންމަވާފައިވަނީ ފުލުހުންގެ އެދުމުގެ މަތިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.