42 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި

42 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި ހުށަހަޅައިފި އެވެ.

މި ބަޖެޓު މަޖިލީހަށް ހުށަހެޅެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

މިއަދު ހުށަހެޅި 42 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިހިނގާ 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށްވުރެ 4.0 އިންސައްތަ ދަށް އަދަދެކެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ޚަރަދަކީ 8.557,40 މިލިއަން ރުފިޔާއެވެ.

2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ 0.67 އިންސައްތައަކީ ރިކަރަންޓް ޚަރަދެވެ. އަދި ބަޖެޓުގެ 0.33 އިންސައްތައަކީ ކެޕިޓަލް ޚަރަދެވެ. ރިކަރަންޓް ޚަރަދުގެ ތެރެއިން ބޮޑު ޚަރަދެއް ހިނގާނެކަމަށް އަންދާޒާކުރެވެނީ މުވައްޒަފުންނަށް ހިނގާ ޚަރަދަށާއި އެކިއެކި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދުތަކަށާއި ހިދުމަތް ދިނުމުގެ ބޭނުމުގައި ހޯދާ ތަކެއްޗަށް ހިނގާ ޚަރަދުތަކަށެވެ.

ކެޕިޓަލް ޚަރަދުގެ ތެރެއިން ދެން އެންމެ ބޮޑު ހޭދައެއް ކުރުމަށް ބަޖެޓުގައި ނިންމާފައިވަނީ ލޯނު އަނބުރާ ދެއްކުމަށެވެ.
2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު ބަޖެޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ޚަރަދެވެ. މިބަޔަށް ކުރާ ޚަރަދުތައް ބޮޑުވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށްކުރާ ޚަރަދުތައް މިބައިގައި ހިމެނޭތީކަމަށް ބަޖެޓުގައިވެއެވެ.

މިގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއި ގުޅިފަޅު ބިންހިއްކުން އަދި ޕޯޓާއެކު ރަށްތަކުގައި އަލަށްފަށާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ
މަޝްރޫއުތައް ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.