މިސަރުކާރުން ކުރާ ކަމަކީ ބޮޑެތި އަދަދުތަކުން ބަދަލު ދިނުން: ރައީސް ޔާމީން

މިސަރުކާރުން ކުރާ ކަމަކީ ބޮޑެތި އަދަދުތަކުން ބަދަލު ދިނުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާ ހަވާލުކުރި މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.

ހއ ގެ 4 ރަށަކަށް ޔާމީން ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ރޭ ހއ ދިއްދޫގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން  ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށާއި އިންޑިއާއަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ނިމިދިޔަ ދައުރުގައި ކުރެއްވި ބައެއް މަސައްކަތްތަކާއި ހިންގެވި ބައެއް ކުންފުނިތަކަށް މިހާރު ދިމާވެފައިވާ ހާލަތުވެ ވާހަކަ ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، މޯލްޑިވިއަން ދުއްވާ އައިލަންޑް އޭވިއޭޝަން އަކީ ފައިދާ ނެރުނު ކުންފުންޏެއް ކަމަށާއި މިއަދު އެތަން އެއޮތީ ބަނގުރޫޓުވެފައި ކަމަށެވެ.

ރައިސް ޔާމީންގެ އާ ދައުރެއްގައި މަސްވެރިންގެ ހައްގުގައި އާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެ، މަސް ގަންނަ އަގު 20 ރުފިޔާއަށް  ވުރެ ކުޑަ ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ދެމެހެއްޓުމަށްޓަކައި ސިޔާސަތުތަކަށް ބަދަލު ގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.