ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ޕީޕީއެމް އިން ބުނީ ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވާނީ މާދަމާ ރޭ 08:30 ގައި ކަމަށެވެ. އަދި މި ބައްދަލުކުރެއްވުން އޮންނާނީ މ. ދިމްޔާތު 7 ވަނަ ފަންގިފިލާގައި ކަމަށެވެ.

އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން ނޫސްވެރިންނާ ރަސްމީ ސިފައެއްގައި ބައްދަލުކުރައްވާ މިއީ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް އެމަނިކުފާނު ވަނީ ބައެއް ޓީވީ ޗެނަލްތަކާއި އޮންލައިން ނޫސްތަކަށް ވަކިވަކިން އިންޓަވިއުތައް ދެއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.