އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން "ދޮވެހިއްކާ ޕްރޮމޯ" ފަށައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން "ދޮވެހިއްކާ ޕްރޮމޯ" ފަށައިފިއެވެ.

އަގުބޮޑު އިނާމުތަކާ އެކު އެސްޓީއޯ އިން ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ޚާއްސަ  މި ޕްރޮމޯޝަން މިއަދުން ފެށިގެން 5 ނޮވެމްބަރ ގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކުންވެސް %10 ގެ ޑިސްކައުންޓް ލިބޭއިރު، ޕަރސިލް ބެރޭންޑްގެ ޑިޓަރޖެންޓް ތިން ފުޅި ލިބޭނެއެވެ.

މީގެ އިތުރުން ބޮޑު އިނާމްތަކެއް ވެސް ލިބޭ މި ޕްރޮމޯޝަން ގައި ހިޓާޗީ މެޝިން ބައްލަވައިގަންނަވާއިރު، ކޮންމެ -/1،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެއެވެ.

ޕްރޮމޯޝަންގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ފްރިޖެއް ލިބޭ އިރު، ދެވަނައަށް ހޮވޭ ފަރާތަށް 12000 ބީޓީޔޫގެ ހިޓާޗީ އެއަރކޮންޑިޝަނަރ އެއް އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ޝަވަރ ހީޓަރ އަކާއި 32 އިންޗީގެ ހިޓާޗީ ޓީވީއެއް ލިބޭނެއެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް ހިޓާޗީ ވެކިއުމް ކްލީނަރއެއް ވެސް ލިބޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.