ވެއަރހައުސް ސޭލަށް ބޮޑު ތަރުޙީބެއް ލިބެމުންދޭ: އެސްޓީއޯ

މިހިނގާ ޖުލައިމަހު 2 ވަނަ ދުވަހު އެސްޓީއޯއިން ފަށައިފައިވާ ވެއަރހައުސް ސޭލަށް ޢާއްމުންގެ ފަރާތުން ވަރަށްބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.

އަމީނީމަގުގައި ހުންނަ އެސްޓީއޯ ސުޕަރމާޓް ގުދަން (7ނަންބަރ ކޮށި) ގައި ކުރިއަށްދާ މިސޭލަށް ކޮންމެ ރެއަކު އެއްހާސް ނުވަތަ ފަނަރަސަތޭކައެއްހާ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށް އެސްޓީއޯއިން ވިދާޅވިއެވެ.

ހަފްތާ ބަންދު ފިޔަވައި އެހެން ރޭތަކުގައި ސޭލް ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ ރެއަކު 20:00 އިން 23:00  ކުރިއަށެވެ. މިއަދާއި މާދަމާއަކީ މި ސޭލްގެ އެންމެ ފަހު ދެދުވަހެވެ. މިދެދުވަހު ސޭލް ކުރިއަށްދާނީ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.

މި ސޭލްގައި އިލެކްޓުރޯނިކް އައިޓަމްތައް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ. މީގެ އިތުރަށް އެހެނިހެން ސާމާނު ވެސް ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ފިލިޕްސް، ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަރމާކެޓުން ވިއްކާ ގޭތެރޭގެ ސާމާނާއި ބަދިގެއަށް ބޭނުން ވާ ސާމާނުވެސް މި ސޭލްގައި ލިބެނުން ހުންނާނެއެވެ.

ވެއެއަރހައުސް ސޭލް ކުރިއަށްދާއިރު މިސޭލަށް ޒިޔާރަތް ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ ރެއަކު ގުރުއަތުން ނަސީބުވެރި ފަރާތެއް ހޮވާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.