ފެނަކައިން ކުޑަހުވަދޫއަށް 1200 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް ބަހައްޓައިފި

ފެނަކައިން ދ. ކުޑަހުވަދޫއަށް 1200 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް ބަހައްޓައިފިއެވެ.

އެ ކުންފުނިން ބުނީ މިއީ އެރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތުގެ ތެރެއިން ފޮނުވި ޖަނަރޭޓަރެއް ކަމަށެވެ. އަދި އައު ޖަނަރޭޓަރަކާއި ޖަނަރޭޓަރު ސިންކްރޮނައިޒިންގ ފެނަލްއެއް ފޮނުވައި އިންސްޓޯލް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ރަށުގެ ވޯލްޓޭޖް ޑްރޮޕް މައްސަލަ ހައްލުކުރުމަށް އެލްވީ އަދި އެޗްވީ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން 3,407 މީޓަރު ކޭބަލް ވަޅުލައި ހަތަރު ޓްރާންސްފޯމަރ އަދި ފަސް ރިންގް މެއިން ޔުނިޓް ބަހައްޓާފައިވާ އިރު، 25 ޑިސްޓްރިބިއުޝަން ފޮށި ބަދަލު ކޮށްފައިވާ ކަމަށް ވެސް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.