ކުޑަ ހުވަދޫ މީރާ އޮފީސް ފަޅާލައި ތިޖޫރި ވަގަށް ނަގައިފި

ހދ. ކުޑަހުވަދޫގައި ހުންނަ މީރާ އޮފީސް ފަޅާޅައި އެތަނުގެ ތިޖޫރި ވަގަށް ނަގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންނަށް އެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:30 އެހައިކަންހާއިރުއެވެ. ފުލުހުން މިހާރު ގެންދަނީ އެމައްސަލަ ބަލަމުންނެވެ.

ފުލުހުން ވިދާޅުވީ ތިޖޫރި ވަގަށް ނެގިއިރު އޭގައި  62393 ރުފިޔާގެ 4 ޗެކާއި، 1500 ރުފިޔާއި،  100 ޑޮލަރު ހުންނާނެ ކަމަށެވެ. އޭގެ އިތުރަށް 4682 ރެވެނިއު ސްޓޭމްޕާއި އަހަރީ ސްޓިކާގެ 50 ސްޓިކާ އޮންނާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.