ނާލާފުއްޓާއި މާބައިދޫ އައު އިންޖީނުގެއިން ރައްޔިތުންނަށް ޚިދުމަތް ދޭން ފަށައިފި

މ. ނާލާފުށީގައި ފެނަކައިން އަލަށް އިމާރާތްކުރި އައު އިންޖީނުގެ

މ. ނާލާފުއްޓާއި ލ. މާބައިދޫ އައު އިންޖީނުގެއިން ރައްޔިތުންނަށް ޚިދުމަތް ދޭން ފަށައިފި އެވެ.

ނާލާ ފުށީގައި 23 އަހަރު ހިންގަމުން އައި އިންޖީނުގެއިން  އަރުވަމުންދިޔަ ގެދަބުޅިން ރައްޔިތުން ސަލާމަތްކޮށް، އައު އިންޖީނުގެއަކުން ކަރަންޓު ދޭން ފެށީ އިއްޔެ މެންދުރުފަހު 2:35 އިން ފެށިގެން ނެވެ.

މާބައިދޫގައި މީގެ ކުރިން ކަރަންޓޫ ދެމުން ގެންދިޔައީ މީގެ 38 އަހަރުކުރިން އިމާރާތްކޮށްފައިވާ އިންޖީނުގެ އެކެވެ. އެ އިންޖީނުގެއިން އަރަމުންދިޔަ ގެދަބުޅިން ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެފައިވާއިރު. އެ ހާސްކަމުގެ ތެރެއިން ރައްޔިތުން ސަލާމަތްކޮށް، އައު އިންޖީނުގެއިން ޚިދުމަތް ދޭން ފެށީ އިއްޔެ މެންދުރުފަހު 3:52 އިން ފެށިގެން ނެވެ.

މ. ނާލާފުށީގައި ކުރިން ހުރި ބައު އިންޖީނުގެ

ފެނަކައިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޅ. އޮޅުވެލިފުށީގައި ހުރި 28 އަހަރުވީ އިންޖީނުގެއާއި އެ އަތޮޅު ކުރެންދޫގައި ހުރި 18 އަހަރުވީ އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފަ  އެވެ.

އަދި ހަމަ އެ މަހުގައި ހއ. މޮޅަދޫގައި ހުރި 13 އަހަރު ކުރީގެ އިންޖީނުގެވެސް ނިއްވާލައި ޒަމާނީ އިންޖީނުގެއަކުން ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.