ޖަޕާނުގައި ދިވެހި ނޫސްވެރިންނަށް ތަމްރީނު ދިނުމާއިގުޅޭގޮތުން މަޝްވަރާކޮށްފި

ޖަޕާނުގައި ދިވެހި ނޫސްވެރިންނަށް ތަމްރީނު ދިނުމާއިގުޅޭގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އިން ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބެސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ހަރ އެކްސެލެންސީ މިސް ޓަކެއުޗީ މިޑޯރީ އާ މަޝްވަރާކޮށްފިއެވެ.

މިއީ ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް އެމްއެމްސީން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި މަޝްވަރާތަކެކެވެ.

ޖަޕާނުގައި ތަޢުލީމީ ޚިދުމަތްދޭ މުއައްސަސާތަށް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތަކެއް ހޯދައި ދިނުމަށް ވަނީ މަޝްވަރާގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލުގެ ރައީސް މުޙައްމަދު ޝަފާޢު ހަސަންއާއި މެންބަރު އަލީ ހުސައިންއާއި މެންބަރު އިބްރާހިމް ފައުޒީ އަދި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރެވެ.

ޖަޕާން އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްބަސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ހަރ އެކްސެލެންސީ މިސް ޓަކެއުޗީ މިޑޯރީ އަދި ރިސާޗަރ/އެޑްވައިޒާރ މިސްޓަރ އޯޓާ ޔޮޝޫ އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ޖަޕާނަށް ދިވެހި ނޫސްވެރިން ފީލްޑް ޓްރިޕް ފޮނުވުމަށާއި އެމް.އީ.އެކްސް.ޓީ ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާއި ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ.

ދިވެހި ރާއްޖޭގައި ހުންނަވާ ޖަޕާންގެ އެމްބަސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ ހަރ އެކްސެލެންސީ މިސް ޓަކެއުޗީ މިޑޯރީ، ވަނީ ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މިކައުންސިލަށް ދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.