ޔޯގާ ހަރަކާތަށް ހުރަސްއެޅުމުން ހައްޔަރުކުރި ހަ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއެޅުމުން ހައްޔަރުކުރި ހަ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މި ޖޫން މަހުގެ 21 ވަނަ ދުވަހުގެ ހެދުނު ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުންނާއި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ދެ މީހެއްގެ ބަންދަށް ފަސްދޮޅަށް ދުވަސް އަދި ދެ  މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އަނެއް ދެމީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

އެމީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ އެ މައްސަލައިގާ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުންނެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި/ ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް، ސ. ހިތަދޫ/ އޯކިޑްވިލާ، އިބްރާހިމް ރައްޒާން، ލ. މާމެންދޫ/ ސޯސަންވިލާ، އާދަމް ނިޝާން، ގއ. މާމެންދޫ / އަސްރަފީވިލާ، އަޙްމަދު ނަސޫޙް، ތ. ތިމަރަފުށި،/ ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު އަދި ށ. މިލަންދޫ/ ނާޒް، ފަޟްލޫން މުޙައްމަދެވެ.

ފުލުހުން ބުނީ އެމީހުންގެ ތެރެއިން އަޙްމަދު ނަސޫޙް އާއި ޢަބްދުﷲ ރިފާޢު 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، މުޙައްމަދު އިސްމާޢީލް އާއި އިބްރާހިމް ރައްޒާނަށް ޖަހާފައިވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ކަމަށެވެ. އަދި އާދަމް ނިޝާން އާއި ފަޟްލޫން މުޙައްމަދުއަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހައިތަނަށް ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ޖޫން 21 ވަނަ ދުވަހު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.