ގަވާއިދާ ޚިލާފުވެގެން މިހާތަނަށް 209 މީހަކު ޖުރިމާނާކުރެވިފައިވޭ

މާލެ ބަންދުކުރި ފަހުން މިހާތަނަށް 209 މީހަކު ޖުރިމާނާ ކޮށްފައިވާ ކަމަށް ފުލުސް ކޮމިޝަނަރުގެ ނައިބު އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ. މިއަދު އެކަނިވެސް 35 މީހަކު ޖުރިމާނާ ކުރެވުނު ކަމަށް ނަވީން ވިދާޅުވިއެވެ. މީގެ އިތުރުން މަގުމަތީގައި އުޅެގެން ކުރިން ނަސޭހަތް ދެވިފައިވާ ހަތަރު ފަރާތެއް ހައްޔަރުކުރެވިފައިވާ ކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

މަގު މަތީގައި އުޅެގެން ބަނގްލަދޭޝްގެ 71 މީހަކު މާލޭގައި ހުރި މަރުކަޒަކަށް ގެންދެވުނު ކަމަށް ވިދާޅުވިއެވެ. އަދި އުޅޭނެ ތަނެއް ނެތް 45 ފިރިހެނަކާއި އަންހެނަކު ވެސް މަގުމަތިން ނެގިފައިވާ ކަމަށް ވިދާޅުވިއެވެ.

ނަވީން ވިދާޅުވިގޮތުގައި ގިނަ މީހުންގެ ފަރާތްތަކުން އެއްބާރުލުން ލިބުނު ކަމުގައިވީ ނަމަވެސް މަދު ފަރާތްތަކެއްގެ އަމަލު ހުރި ގޮތުން މި ހާލަތުގައި ކަންކަން ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.