ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާހު ވިދާޅުވިގޮތުގައި އެ ފިރިހެން ކުއްޖާއަށް ބަޔަކު "އުނދަގޫ" ކުރާ މައްސަލަ ނޯތު ޕޮލިސް ޑިވިޝަނަށް ހުށަހަޅާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. 

މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެ ކުއްޖާއަކި އެކި ދުވަސްމަތިން ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްކަން އެނގިފައިވާ ކަަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި މި މަހުގެ 9ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އުމުރުން 28 އަހަރުގެ ފިރިހެނަކާއި އުމުރުން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. 

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. ކުޑަކުދީންނާ ގުޅުން ހުރި މައްސަލަތައް ބަލަމުން ދަނީ ސީރިއަސް މައްސަލަތަކުގެ ގޮތުގައެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.