މިފްކޯއިން ވިއްކާ މަސްދަޅު ދަޅުގެ އަގު ބޮޑުކޮށްފިއެވެ.
އެކުންފުނިން ބުނީ މިގޮތަށް ނިންމަންޖެހުނީ ދުނިޔޭގެ ބާޒާރުގައި ތަކެތި މައްޗަށް ދާތީ ކަމަށެވެ. އަދި އެކުންފުނިން ތައްޔާރުކޮށް ވިއްކާ ދަޅު މަސް ކޭހަކުން 150 ރުފިޔާ ބޮޑުކޮށްފައިވާ ކަމަށެވެ.
މަސް ދަޅުތަކަށް އަޅާ ތެލާއި ޕެކިން މެޓީރިއަލް ފަދަ ތަކެއްޗަކީ ބޭރުން ގެންނަ ތަކެތިކަން ފާހަގަކޮށް މިފްކޯ އިން ބުނީ މަސް ދަޅުގެ އަގުތައް މަތިކުރަން ޖެހުނީ އެ ތަކެތީގެ އަގުތައް އުފުލުމުން ކަމަށެވެ.
ދަޅު މަހުގެ އަގަށް ގެނައި މި ބަދަލާ އެކު 610ރ އަށް ވިއްކަމުން ދިޔަ ފަސޭހައިން ކަނޑާލެވޭ ތެޔޮ މަސް ދަޅު ކޭހެއް މިހާރު ލިބޭނީ 760ރ އަށެވެ. އަދި އާދައިގެ ތެޔޮ ދަޅު ކޭހެއް ލިބޭނީ 740ރ އަށެވެ.
މީގެ އިތުރުން ޒައިތޫނި ތެލުގައި ބަންދުކުރާ މަސް ދަޅު ކޭހެއް މިއަދުން ފެށިގެން ވިއްކާނީ 990ރ އަށެވެ. މި ވައްތަރުގެ މަސްދަޅު ކޭސް ކުރިން ވިއްކީ 750ރ އަށެވެ.
މިފްކޯ އިން ބުނީ އެ ކުންފުނިން މަސް ދަޅުތަކުގެ ރަހައަށް އަދި ފެންވަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އެއްވެސް ދަތިކަމެއް ނެތިކަސްޓަމަރުންނަށް މަސް ދަޅުތައް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވެއެވެ.
ރާއްޖޭގައި މަސް ބަންދުކުރާ އެހެން ކުންފުނިތަކުން ވިއްކާ ދަޅުމަހުގެ އަގު ވެސް ވަނީ ބޮޑުވެފައެވެ.