އެމެރިކާގައި ކުޑަކުދިން ކިޔަވާ މަދަރުސާއެއްގެ ތެރޭގައި ޒުވާނަކު ބަޑި ޖަހައި 19 ދަރިވަރުން މަރާލައިފި

ރޮބް އެލެމެންޓަރީ ސްކޫލް ކައިރީގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

އެމެރިކާގެ ޓެކްސާސް ސްޓޭޓުގެ ދެކުނުގައި ހުންނަ ފަށާާ ތައުލީމުދޭ މަދަރުސާއެއްގެ ތެރޭގައި އުމުރުން 18 އަހަރުގެ ޒުވާނަކު ބަޑިޖަހައި 19 ކުޑަކުދިންނާއި، 2 މީހަކު މަރާލައިފިއެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެމެރިކާގެ މަަދުރާސެއްގައި ބަޑިޖަހައިގެން އެންމެ ގިނަ މީހުުން މަރުވި ހާދިސާއެވެ.

ބަޑިޖެހި 18 އަހަރުގެ ޒުވާނާ ވަނީ އެެހެން މީހަކު ބަޑިޖަހައި މާރާލާފައެވެ. ބެލެވޭ ގޮތުގައި އޭނާގެ ގަޔަށް ބަޑިޖެހީ ފުލުހުންނެވެ. ޚަބަރުތައް ބުނާ ގޮތުގައި އެ ޒުވާނާ އޭނާގެ މާމަގެ ގަޔަށް ބަޑިޖެހުމަށް ފަހު ގެއިން ފިލައިގެން ކާރުގައި ދިޔައީ ޓެކްސާސްގެ ޔުވޭލްޑީ އަވަށުގައި ހުންނަ ރޮބް އެލެމެންޓަރީ ސްކޫލަށެވެ. އެެތަނަށް ގޮސް ބަޑިޖަހަން ފެށީއެވެ. އޭނާ މިއަމަލު ހިންގި ސަބަބެއް އަދި އެނގިފައި ނުވެއެވެ.

އެމެރިކާގެ ޓީވީ ސްޓޭޝަނަކަަށް މައުލޫމާތުދެއްވަމުން ޓެކްސާސްގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ސޭފްޓީ (ޑީޕީއެސް) ގެ ސާޖަންޓް އެރިކް އެސްޓްރާޑާ ވިދާޅުގޮތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ސަލާމަތީ ބާރުތަކުގެ އޮފިސަރުންނަށް އެ ޒުވާނާ ކާރުން ފައިބައި އޭނާގެ ރައިފަލް ލޯޑުކުރި ތަަން ފެނުނެވެ. އެހެންނަމަވެސް، އެމީހުންނަށް އޭނާ އަތުލައިގަނެވުމުގެ ކުރިން އޭނާ ވަނީ މަދަރުސާތެރެއަށް ވަދެ ބަޑިޖަހަން ފަށާފައެވެ.

ހާދިސާ ހިނގި ފަހުން ގިނަ އިރުތަކެއް ނުވެ ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަަވަމުން، އެ ހާދިސާގެ ވަރަށް ބޮޑަށް ކޮށްފައިވާ ރައީސު ބައިޑަން ވަނީ އެމެރިކާގައި ސިޔާސީ ގޮތުން ބާރުގަދަ 'ގަން ލޮބީ' އާ ދެކޮޅަށް ތެދުވުމަށް ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމަށް ގާނޫނެއް ފާސްނުވެ އޮތީ އެ 'ލޮބީ'ގެ ސަބަބުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.