ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދިއަކު ނިޔާވެއްޖެ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދިއަކު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާ ހަވާލާދީ، ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ވަގުތު އޮންލައިން" ގައި ބުނެފައިވަނީ އެ ގައިދީ ނިޔާވެފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ނިޔާވެފައިވަނީ އއ. ހިމަންދޫ ހެޕީ ރެސްޓް، ޢުމުރުން 58 އަހަރުގެ އަލީ މުހައްމަދު ކަމަށެވެ.

އޭނާ ނިޔާވީ ޔުނިޓް ތެރޭގައި ހުއްޓާ ނޭވާލުމުގައި އުނދަގޫތަކެއް އިޙްސާސްކުރުމުން ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ދިނުމަށްފަހު، ޙާލަތު ގޯސް ވާތީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިއަދު 15:20 ހާއިރު ކަމަށް ވެސް ކަރެކްޝަންސް އާ ހަވާލާދީ އެ ނޫހުގައި ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.