މާފުށި ޕްރީ ސްކޫލުން ބޭއްވި ކޮމިއުނިޓީ ހެލްޕަރސް ޑޭ ހަރަކާތުގައި ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވެއްޖެ

މާފުށީ ޕްރީސްކޫލްއިން ބޭއްވި ކޮމިއުނިޓީ ހެލްޕަރސް ޑޭ ހަރަކާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގެ އޮފިސަރުން ބައިވެރިވެއްޖެއެވެ.

ކުޑަ ކުދިންނަށް މުޖްތަމަޢުގައި މަސައްކަތްކުރާ އެކި ފަރާތްތަކުގެ މަސައްކަތްތައް ދައްކާލައި ބުނެދިނުމުގެ ބޭނުމުގައި ބޭއްވި ކޮމިއުނިޓީ ހެލްޕަރސް ޑޭ ހަރަކާތުގައި އެމްސީއެސްގެ ޔުނިފޯމްލުމާއި މާފުށީ ޖަލުގެ ބައެއް މަސައްކަތްތައް ދައްކާލުން ހިމެނެއެވެ.

އެމްސީއެސްގެ އިތުރުން މި ހަރަކާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް، ހެލްތް ސެންޓަރ އަދި މާފުށީގެ އެހެން މުވައްސަސާތައް ބައިވެރިވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.