ބ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
މިރޭ 8:30 އާ ހަމައަށް އެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވާއިރު، މިއަދު ހަވީރު 6:00 އާއި ހަމައަށް ގދ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދަށް ވެސް ވަނީ ހުދު ސަމާލު ނެރެފައެވެ.
އެ ސަރަހައްދުގެ ރަށްތަކަށް ވެސް 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި ކަނޑު ގަދަވާނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.