ރޯދަ މަޖާ: ފިޔޮކަށް ކާންދިނުން

ނަރަކަ

ޒުވާނަކު ބަހަކަށް އަރައި އިނދެގެން ސިނގިރޭޓު ބޯން ފަށައިފިއެވެ. އޭނާ އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިނީ ދިގު ތުނބުޅިއެއް ލާފައި ހުރި މީހެކެވެ. ބޮލުގައި ތާކިހަލެއް އޮތެވެ.

އެ މީހާ އިރުކޮޅަކުން ބުނެފިއެވެ. "ކޮއިފުޅާ. ތިޔަ ކުރަނީ ވަރަށް ނުބައި ކަމެއް. ސިނގިރޭޓު ބުއިމަކީ ފައިސާ އިސްރާފު ކުރުން. އޭގެ އިތުރަށް ފާފައެއްވެސްމެ. މިހާރު ހަލުއިކަމާއެކު ތިޔަ ދަތުރުކުރަނީ ނަރަކައާ ދިމާއަށް."

ޒުވާނާ ކަންބޮޑުވެފައި ކުއްލިއަކަށް ގޮނޑިން ތެދުވެއްޖެއެވެ. "އޭތް ޑްރައިވަރު. މަޑުކުރޭ. މަޑުކުރޭ. އަހަރެން އަރައި މީނީ ނުބައި ބަހަކަށް."

ފިޔޮކަށް ކާންދިނުން

އަޙްމަދު: އޭތް އިބްރާހީމް. ކުކުޅު ފިޔޮކަށް ކާންދޭށޭ ކިޔާފައި އަހަރެން ދިން ކާ އެއްޗެހި ކަލޭ ގޮސް ތިޔަ ދިނީ ބުޅަލަށް. އެއީ ކީއްވެގެން؟

އިބްރާހީމް: ކުކުޅު ފިޔޮއް ވީ ބުޅަލުގެ ބަނޑުގައޭ!

ގޮނޑި

މީހަކު ސިޔާސީ ޕާޓީއެއްގެ އޮފީހަށް ވަދެފައި ބުންޏެވެ. "ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން އަޅުގަނޑު ބޭނުން. އެކަން ހަމަޖައްސަވައިދެއްވާ. ފައިސާ ދައްކަން ޖެހެންޏާ އެކަންވެސް އަޅުގަނޑު ކުރާނަން."

ޕާޓީ ސެކްރެޓަރީ ބުންޏެވެ. "މިހާރަކު ތިޔަ ކަމެއް ނުވާނެ. މިހާރު ހުސް ގޮނޑިއެއް ނެތް."

އެމީހާ ބުންޏެވެ. "އެކަމާ ތިޔަ ބޭފުޅުން ފިކުރު ކުރައްވާނެ ކަމެއް ނެތް. ގޮނޑިއެއްގެ ކަންތައް އަޅުގަނޑު ހަމަޖައްސައިފާނަން. އަޅުގަނޑުގެ ބައްޕައަކީ ވަޑިއެއް."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.