ކުލި ނުދެއްކުން
ގެ ކުއްޔަށް ހިފައިގެން އުޅޭމީހާ ގޭގެ ވެރިމީހާޔާ ބައްދަލު ކޮށްފައި ބުންޏެވެ. "އަހަންނަށް މި މަހު ކުލި ދެއްކޭކަށް ނެތް. އަހަރެންގެ މުސާރަ އަދިވެސް ނުލިބޭ."
ގޭގެ ވެރިމީހާ ނުރުހުންވެފައި ބުންޏެވެ. "ކަލޭ މި ދިޔަ ހަތަރު މަސް ދުވަހުވެސް ބުނީ ހަމަ ތިޔަހެން."
ކުއްޔަށް ހިފައިގެން އުޅޭ މީހާ ބޫންޏެވެ. "އާނ. އަހަރެން މިއީ ިއރުއިރުކޮޅާ ވާހަކަ ބަދަލުކުރާ މީހެއް ނޫން. އިންސާނަކު ވިއްޔާ ދައްކާ ވާހަކައެއްގެ މަތީގައި ބަދަލުނުވެ ދެމި ހުންނަންވާނެ."
ބަލި ދެނެގަތުން
އަންހެންކު ވަރަށް ބާރަށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ތަނަކަށް ވަދެފައި އަހައިލިއެވެ.
"ޑަކްޓަރު... އަޅުގަނޑު މި އުޅެނީ ބަލިވެ. އަޅުގަނޑަށް ޖެހިފައި ވަނީ ކޮން ބައްޔެއްތޯ ބައްލަވައިދެއްވާ."
އެތާޏގައި ހުރި މީހާ މީހާ ބުންޏެވެ. "ބަލި ޖެހިފައި ހުރީ ލޮލަށް. ރަނގަޅު ވާނީ އޮޕަރޭޝަނެއް ކޮށްގެން."
އަންހެންމީހާ އަހައިލިއެވެ. "ނުވެސް ބައްލަވާ ބަލި އެނގިލެއްވީ ކިހިނެއްތޯ؟"
އެ މީހާ ބުންޏެވެ. "މިއީ ކުލިނިކެއް ނޫން. ބޯކޮށާ ތަނެއް."